އެމްއެންޑީއެފްގެ ވަޒީފާގައި ހުންނެވި ކެޕްޓަން އަލީ އިހްސާން ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގެންފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ އަމިއްލައަށް އެދިވަޑައިގެންނެވެ.
ކެޕްޓަން އިޙްސާން ވަޒީފާއިން ވަކިވެވަޑައިގެންފައިވާކަން އެމްއެންޑީއެފް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި ކިޔަވާ ވިދާޅުވި އިހްސާން އަކީ އެ އެކަޑެމީގައި ފުރަތަމަ ކޮމާންޑް ކުރެއްވި އެމެރިކާއިން ބޭރުގެ ދަރިވަރެވެ.