Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ޓްރަމްޕް ތޮފި އެޅި ކެނެޑާ ގާޒީއަކު ސަސްޕެންޑު ކޮށްފި

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން ސްލޯގަން "މޭކް އެމެރިކާ ގްރޭޓް އެގެއިން' ޖަހާފައި އޮތް ތޮތްޕެއް އެޅި ކެނެޑާގެ ގާޒީއަކު ސަސްޕެންޑުކޮށްފިއެވެ.

އޮންޓަރިއޯ ކޯޓުގެ ގާޒީއެއް ކަމަށްވާ ގާޒީ ބާރންޑް ޒަބެލް ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކަމަށް ކޯޓުގެ ސްޕޯކްސްވުމެން އެގައުމުގެ ނޫހަކަށް މައުލޫމާތުދީފައިވެއެވެ.

ގާޒީ ސަސްޕެންޑުކޮށްފައިވަނީ އޭނާއާ ދެކޮޅަށް ގިނައަދަދެއްގެ ޝަކުވާތަކެއް ލިބުމުން ކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ތޮފި އެޅީ އޭނާ އެކަނި ޓްރަމްޕްއަށް ސަޕޯޓުކޮށްފައި އެހެން އެންމެން ހިލަރީއަށް ވޯޓުދީފައިވުމުންނެވެ.

ނަމަވެސް އޭނާ ފަހުން ވަނީ އޭނާގެ މިއަމަލަކީ މަޖަލަކަށް ކުރި ކަމެއް ކަމަށާއި އެކަމަށް މައާފަށްވެސް އެދިފައެވެ.