ހުޅުމާލޭ ގާޒީ ސްކޫލާއި، ރެހެންދި ސްކޫލުގެ ބައެއް ބެލެނިވެރިންނަން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ބެހި ދަބަސްތައް ނެގުމަށް ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ގާޒީ ސްކޫލުން ދަބަސް ބަލާ ދާން ބުނުމުން އެތަނަން ބެލެނިވެރިން ދިޔަ ނަމަވެސް އެއީ މެޑަމް ފާތުން ބައްސަވާ އެއްޗެއްކަން އެނގުމުން ބައެއް ބެލެނިވެރިން ދަބަސްތައް ނުނެގިއެވެ
"ސުކޫލުން ދަބަސް ދޫކުރާކަމަށް އެންގީ. އެތަނަން ދިޔާމަ އިގުނީ މެޑަމް ދޭ އެއްޗެއްކަން . އެހެންވެ ދަބަސްތައް ނުނެގީ" ދަބަސް ގެންދަން ދެކޮޅު ހެދި މީހަކާއި ހަވާލާދީ "ވީއެފްޕީ" ގައި ރިޕޯޓްކޮށްފައިވެއެވެ.
ޣާޒީ ސްކޫލުން ދަބަސް ދޫކުރާ ކަން ބެލެނިވެރިންނަން އަންގާ ދަބަސް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން 150 ފަރާތަކުން ރަޖިސްޓްރީ ކުރި ނަމަވެސް އެ ސްކޫލަށް ލިބިފައިވަނީ 100 ދަބަސް ކަމަށް ވެއެވެ.