Last Updated: September 27, 05:55
Friday, September 27, 2024
ޚަބަރު

ބިދޭސީންގެ މުސާރައިން 14 މިލިއަން ދައުލަތަށް ލިބިއްޖެ

މީރާ: މުދަލުގެ ޒަކާތް މިހާރު ދައްކަން ޖެހެނީ މީރާއަށް

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ބިދޭސީންގެ މުސާރައިގެ ތެރެއިން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާއިން ނަގަން ފެށި ރެމިޓެންސް ޓެކްސްއިން މިހާތަނަށް 14 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނީ ނޮވެމްބަރ މަހު އެކަނިވެސް 6.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ. އަދި ޑިސެމްބަރ މަހު 7.7 މިލިއަން ރުފިޔާ ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ކަމަށެވެ.

ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތެރެއިން ނަގާ ތިނެއް އިންސައްތަ ޓެކްސްއިން ފާއިތުވި ދެމަހު ލިބުނު އާމްދަނީ އަކީ މީރާއަށް މުޅި ޖުމްލަ ލިބުނު އާމްދަނީގެ ސުމެއް ޕޮއިންޓް އެކެއް އިންސައްތައެވެ.

ރެމިޓެންސް ޓެކްސް ނެގުން ފަސޭހަކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފުގެ ނަމުގައި އެކައުންޓެއް ހުޅުވަން ޖެހެއެވެ. އަދި މުސާރަ ޖަމާ ކުރަން ޖެހެނީ މުވައްޒަފުގެ އެ އެކައުންޓަށެވެ. ނޫންނަމަ ގާނޫނީ ގޮތުން ސައްޚަ ފައިސާއަކުން ނަގުދުގެ ގޮތުގައި ނުވަތަ ރާއްޖޭގައި ހުންނަ ބޭންކެއްގެ ޗެކަކުން، އެ މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެންނެ.