Last Updated: November 24, 11:33
Sunday, November 24, 2024
ޚަބަރު

"ތަން ބަދަލު ނުވާ ނަމަ ރީރަޖިސްޓްރީވާކަށް ނުޖެހޭނެ"

ސެޕްޓެމްބަރު 7 2013 ގައި ބޭއްވި އިންތިހާބުގައި ފޭދޫ މީހަކު ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު ރަޖިސްޓްރީވެފައި ތިބި މީހުން ވޯޓު ލާ ތަން ބަދަލު ނުވާ ނަމަ، އެޕްރީލް 8 ވަނަ ދުވަހު ބާއްވާ އިންތިހާބަށް އަލުން ރީރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލާއިރު ފުރުސަތު ދޭނީ އަލަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނާއި ވޯޓު ލާ ތަން ބަދަލުވާ މީހުންނަށް ކަމަށެވެ.

އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮމިޝަނުން މަސައްކަތް ކުރަނީ އިންތިހާބުގެ ހުރިހާ ކަމެއްގައި ވެސް ދެވެން އޮތް ހުރިހާ ލުއިތަކެއް ދީގެން އިންތިހާބު ބޭއްވުމަށް ކަމަށެވެ.

ކައުންސިލް އިންތިޚާބަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ އިންތިޙާބުގައި ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.