ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ޖެނުއަރީ 15 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
ޝަކުވާ ބަލައިގަންނަ ގަޑިތައް:
ރަސްމީ ދުވަސް ތައް – ހެނދުނު 8:00 ން ފެށިގެން 15:00 އާއި ހަމައަށް
ހުކުރު ދުވަސް – މެންދުރުފަހު 15:00 ން ފެށިގެން 17:00 އާއި ހަމައަށް
ސަރުކާރު ބަންދު ދުވަސްތައް – ހެނދުނު 9:00 ން ފެށިގެން 15:00 އާއި ހަމައަށް
މާލޭގައި ދިބި ޝަކުވާ ފޯމް ބަލައިގަންނާނީ ބައު ޖަމާލުއްދީނު ސްކޫލު އިމާރާތުގެ ގާއިމު ކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަރުކަޒުން ނެވެ. އަދި ސިޓީ ތަކާއި ރަށްތަކުގައި ފޯމް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވަނީ އަވަށު އޮފީސްތަކާއި ކައުންސިލް އިދާރާތަކުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މިމަހުގެ 14 ވަަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެން މިހާރު އިންތިހާބު ބާއްވަން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.