Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

ހުޅުމީދޫ ވޭސްޓް ސެންޓަރު ނިންމާލައިފި

ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެތަން އަންނަ މާޗް މަހުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މި މަސައްކަތް 1.8 މިލިއަން ރުފިޔާ އަށް އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލުކޮށްފައި އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކުނި މެނޭޖް ކުރާ ތަންތަން ގާއިމުކޮށް، އައްޑޫގައި ކުރިއަށް އޮތް ތަނުގައި ކުނި މެނޭޖް ކުރާނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންނެވެ.