Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

ތަހުގީގަކަށް ހިތަދޫ މީހަކު ހޯދަނީ

ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލާގައި ހޯދަމުން އަންނަނީ ހިތަދޫ، ތަބިވައްގެ، މުޙައްމަދު ޤިޔާސް، 35، އެވެ.

އެހެން ނަމަވެސް ގިޔާސް ހޯދަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ނުބުނެ އެވެ.

އެހެންވެ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3000600 އަށް ނުވަތަ އެޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790163 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.