ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު 18-25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފި އެވެ.
ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލއިފަ އެވެ.
ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ތިން މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއި އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި އޭ ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި ފުލުހުންގެ މުއައްސަސާއަށް ބޭނުންތެރި ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ފުލުހުން ބުންޏެވެ. އެވެ.
ވަޒީފާ އަށް އެދޭ ފޯމް ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.