Last Updated: May 5, 18:14
Monday, May 5, 2025
ޚަބަރު

މެޖޯރިޓީ ދިނަސް، ސަރުކާރުގެ "މާލެ ޕްރައިއޯރިޓީ" ސިޔާސަތު ހަމަ އެގޮތުގައި!

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު ސަރުކާރުން ކިޔާ ލަވައަކީ މިއީއެވެ. ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢު ހިންގެން އޮތީ އެ ރަށެއް ނިސްބަތްވާ އަތޮޅެއް ނުވަތަ ސިޓީއެއްގެ ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށެވެ. ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ވާހަކަ އަކީ ވެސް އެެއީއެވެ.

ސަރުކާރާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ޕާޓީއެއްގެ މެންބަރަކު ކައުންސިލްގައި ހުރެއްޖެ ނަމަ، ރަށުގައި މަޝްރޫޢުތައް ހިންގުމަށް ހުރަސް އެޅޭ ކަމަށް ތަފާތު އެކި މުނާސަބަތު ތަކުގައި ސަރުކާރުގެ ވެރިން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ހުރިހާ ބާރުތަކެއް އަތުލައި، ވިހާ މަރުވާ ބެލެހެއްޓުމާއި ހަވާލުކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ޖެއްސުން ކުރަން ކުރެވޭނެ ގޮތެއް މިހާރަކު ނޯންނާނެއެވެ.

އައްޑޫގެ ހުރިހާ މަގެއް މިހާރު އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މަގުން ދުއްވުމުގެ ހައްޤު ލިބުނަސް، އެމަގުތަކުގެ ފެންވަރު ރަގަޅު ކުރުމަށް ކައުންސިލުން ކުރާނެ ކަމެއް ނެތެވެ. އަދި މަގުތައް މަރާމާތު ކުރަން ކުރާ މަސައްކަތެއް ހުއްޓުވަން ކައުންސިލަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. ހައުސިން މިނިސްޓްރީ އިން ބޭނުން ނަމަ މަގުތައް މަރާމާތުކުރަންވީއެވެ. އެކަން ވެސް ނުކުރެވެނީ މެޖޯރިޓީ ނެތުމުން ހެއްޔެވެ؟

ވެރިރަށް މާލެއަށް ނިސްބަތްވާ 13 މަޖިލިސް މެންބަރުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވަނީ އެންމެ 4 މެންބަރުންނެވެ. ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ ކައުންސިލެކެވެ. އެހެން ނަމަވެސް މާލޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓިފައެއް ނެތެވެ. މެގަ ޕްރޮޖެކްޓްތައް ފުލުފުލުގައި ކުރިއަށް އެބަދެއެވެ.

އައްޑޫގައި ތިބި 7 މަޖިލިސް މެންބަރުންގެ ތެރެއިން 5 މެންބަރުން ނިސްބަތްވަނީ އެމްޑީޕީ އަށެވެ. ސަރުކާރަށް ތާޢީދުކުރައްވައިގެން ތިއްބެވީ އެންމެ 2 މެންބަރުންނެވެ. ސަރުކާރުގެ ވެރިން އައްޑޫއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދާތަނެއް ނުފެނެއެވެ.

ތިލަދުންމަތީގެ ވާހަކަ ދައްކަމާ ހިނގާށެވެ. އެ އަތޮޅަށް ނިސްބަތްވާ 11 މަޖިލިސް މެންބަރުންގެ ތެރެއިން، 8 މެންބަރުންނަކީ، ޕީޕީއެމްގެ މެންބަރުންނެވެ. ސަރުކާރާއި އިދިކޮޅަށް ތިއްބެވީ، އެންމެ 3 މެންބަރުންނެވެ. އެ އަތޮޅު ކައުންސިލަށް ބަލާއިރު، %85 އަކީ ވެސް ސަރުކާރަށް ތާޢީދު ކުރައްވާ ކައުންސިލަރުންނެވެ. އެއީ ސާފު މެޖޯރިޓީއެކެވެ. ތިލަދުންމަތީގައި މިހާތަނަށް އެއްވެސް މެގަ ޕްރޮޖެކްޓެއް ނުފެށެއެވެ.

ސަރުކާރަށް ތަރައްޤީގެ ޕްރޮޖެކްޓް ހިންގަން މެޖޯރިޓީ އެހާ މުހިއްމު ނަމަ ތިލަދުންމަތީގައި މެގަ ޕްރޮޖެކްޓް ތަކެއް ނުފަށަންވީ ކީއްވެ ހެއްޔެވެ؟

ބަޖެޓްގައި އެއްވެސް ތާށި ކަމެއް ނެތި ސަރުކާރުން މާލޭގައި ޕްރޮޖެކްޓްތައް ހިންގަމުން ގެންދާއިރު، އަތޮޅު ތެރޭގައި މެގަ ޕްރޮޖެކްޓެއް ނުފެށިގެން އުޅެނީ މެޖޯރިޓީ ނުލިބިގެންނެއް ނޫނެވެ. ސަރުކާރުގެ ވެރިން މެޖޯރިޓީ މުހިއްމު ކަމަށް ބުނެ ކިތަންމެ ލަވައެއް ވިދާޅުވިޔަސް، ހަގީގަތަކީ، ސަރުކާރުގެ ސިޔާސަތުގައި މެޖޯރިޓީ މުހިއްމު ނޫން ކަމެވެ. ސަރުކާރުގެ ސިޔާސަތުގައި އޮތީ "މާލެ ޕްރައިއޯރިޓީ" އެކެވެ.

ހިޔާލު ފާޅުކުރައްވާ 4ކޮމެންޓް

Jabir

ބަލަ އައްޑޫ މީހުން މޮޔަވީތަ. އައްޑު ދުވަހަކުވެސް މާލެ އަކަށް ނުވާނެ. މާލެ އަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް. މާލެ އަކީ ދިވެހުިރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުޅޭ ތަނެއް. މިހާރުވެސް އަދިވެސް އެކަން އޮންނާނީ އެހެން. ވެރިކަން ކުރާ ސިޓީ އަށް އިސްކަން ނުދޭ ގައުމެްއް އައްޑޫ މީހުން ދައްކަ ބަލަ. އައްޑު އަކީ އެންމެ ބޮޑު އެންމެ ގިނަ މީހުން އުޅޭ އަތޮޅޭ ކިޔާ އިރު މާލެގެ އަވަށެއް ކަމަށްވާ ކުޑަ ކުޑަ ވިލިމާލެގަ އެކަނިވެސް އުޅޭ މުޅި އައްޑޫގައި ދިރިއުޅޭ އާބަދީ އާއި އެއްވަރަށް. ދެން އައްޑޫ މީހުން ތިބޭ ސައިޒްވެފައ. އައްޑޫ މީހުންގެ ކިބުރުވެރި ކަމުގަ ތި ތިބި ގޮތައް ތިއްބާ ހުވަދޫ އަޮތޮޅުގައި 3 ސިޓީ ތަރައްގީ އެކުރަނީ. ތިނަދޫ ސިޓި / ވވިލިގިލި ސިޓީ އާއި މަޑަވެރލި ހޯޑެއްދޫ. ކާޑެއްދޫ އެއަރޕޯޓް ދިގު ކޮށް ނިމޭ އިރަށް ބޭރުގެ ފްލައިޓް ޖައްސަން ފާށާނެ. ދެން އައްޑޫ މީހުން ތިބޭަ އަންނި ވެރިކަމަށް އަންނަން ދެން. ބޮޑު މިޔައިން ތަކެއް އައްޑޫ މީހުން . މަވެސް އައްޑޫ ޟިހަކަށް ވީމާ ދެރަވޭ/.

Mujuthaba Zaki

ހުރިހާވެސް މައްސަލަ އަކީ އައްޑު މީހުންގެ ޕޮލިޓިކަލް އިންޓެލިޖެންސް ނެތް ކަމެވެ. އައްޑޫ އަށް އެނގެން ޖެހެނީ މައި ސަރުކާރާ ތިހާ ވަރަށް އެންޓި ވެގެން ޗެލެންޖް ކޮށްގެން ގަދަ ވެވޭ ފެންވަރު ބައެއް ނޫން ކަން އައްޑު އަކީ އަދި ރާއްޖޭގެ އެއްވެސް އަތޮޅަކީ. އައްޑޫ މީހުން ހިތުން އައްޑޫއަށް މަރުދިން ރައީސްގެ ވެރިކަން ވެއްޓުމުން ވެސް ދެން އައި ސަރުކާރެއްގެ ފަހަތުގަ ސިޔާސީ ގޮތުން ސަޕޯޓް ކޮށްގެން އައްޑޫ މީހުން އުޅުނު ނަމަ ރާއްޖޭގެ އެހެން އަތޮޅު ތަކަށް ވެސް ކުރާ ކަން ކަން ކުރާނެ. އެހެން އަތޮޅު ތައް މިސާލަކަށް ހުވަދޫ އަށް ކުރާ ސައިޒްގެ ކަން ކަން ކުރާނެ. އިސްކަންވެސް ދޭނެ. އައްޑޫ މީހުންނަށް ނޭގެނީ ޕާޓީ ސިސްޓަމް ނައަންން އިރުކަން މީހުންގެ ނިސްބަތައް ބައލިައިގެން އިސްކަން ދީގެން ކަން ކަން ކުރާނީ. މިހާރު އޮތް ސިސްޓަމް ގައި ކަން ކަން ވާނީ ސިޔާސީ ސަޕޯޓް އޮތް ނިސްބަތައް ބަލައިގެން. އެއީ ދެން ރަނގަޅު ގޮތް ނޫން ނނަމަވެސް ކޮންމެ ސަރުކާރެއް އޮތަސް އެކަން ހިނގާނީ އެހެން. އައްޑޫ މީހުން ވެސް އެހެން ބަޔަކަށް ވެސް ކުރެވޭނެ ކަމެއް ނޮއޮންނާނެ. ކުރީން އައްޑޫ މީހުންނާ ހުވަދޫވެސް ބައިވެރިޔަސް ދެނެއް ހުވަދޫ ވެސް އައްޑު އަކާއި ބައި ނުވާނެ. އައްޑޫ މީހުން ދަންނަންވީ ތިމަންނާމެން މިވަނީ އެކަހެރި ކަން. މިގެއްލުވާލީ ވަގުތު ކަން.މި ވަގުތެއް އަނބުރާ ނުލިބޭނެ ކަން. އައްޑު މީހުންނަށް ވަރަށް ސަލާމް

ttt

ޒަކާތް ދޭންޖެހެނީ އެންމެ ފަގީރު މީހުނަށް
އެހެން ގައުމުތަކު ދައުލަތުންދޭ ޚިދުމަތް، ދިނުމުގައި އެއީ ގެދޮރުކަމަށްވިޔަސް އިސްކަންދެނީ އެކަމަށް އެންމެ ބޭނުންވެފައިވާ ރައްޔިތުންނަށް. ސަރުކާޜު ވަޒީފާ ނޫނީ ބޮޑުމަގާމަކަށްނޫން. އަވަށްޓެރި އިންޑިއާއަދި ދުރުޗައިނާއަށް ބެލިއަސް ތަރައްގީކުރަން އުޅެނީ ފަގީރުހިސާބުތައް. ވެރިރަށެއްނޫން.
އެއާ ޚިލާފަށް ރާއްޖޭގެ އަމިއްލަ އެދުންބޮޑު ސިޔާސީ މީހުން އަހަރެމެންނަށް ވިސްނައިދޭން މިއުޅެނީ، ތަރައްގީގައި އިސްކަން ދޭންޖެހޭނީ އެމީހުންގެ ވިޔަފާރިތައް އޮތް މާލެއަށްކަމަށް. އުޒުރަކަށް ދައްކަނީ ވެރިރަށޭ މީ! މިގޮަތަށް ތަފާތު ކުރުމަކީ އަސާސީއާ، އިންސާނީ ހައްގުތަކާއިވެސް ޚިލާފުކަމެއް. އިސްކަން ދޭންޖެހޭނީ އެންމެ ނިކަމެތި ޚިދުމަތަށް އެންމެ ބޭނުންވެފައިވާ މީހުންނަށާ، ރަށްރަށަށްކަން، އެމީހުންނަށް އަންގާ! ތަފާތުކުރުން ހުއްޓުވާ!

Abdul Latheef

މާލޭގެ އަސްލު އާބާދީ އަކީ 15000 ނުވަތަ ކުޑަ ތަފާތެއް އޮވެދާނެ. ދެން އުޅޭމީހުންނަކީ މަޖުބޫރުން ހިޖުރަ ކުރުވި ރާއްޖެތެރޭމީހުން. ހިޖުރަކުރުވުމަށްފަހު މުހާޖިރުންނަށް ދިން ދޯކާއަކީ މަކަރާހީލަތުން ފުލެޓް ޕްރްރޮޖެކްޓަށް ކުރިމަތި ލެވޭނީ މާލެ ރައްޔިތަކަށްވެގެންނޭ ކިޔައިގެން މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފުތަރު ކިޔާ ދަންތޫރައެއްގަ ޖެއްސީ. ބޭނުމަކީ މަަޖިލީހުގަ މާލެ ތަމްސީލު ކުރާ މެމްބަރުން ގިނަކުރުން. އެއީ ކޮންމެހެން މާލެ އަށް ކަންތައްކުރުވަން ކުރި ކަމެއްނޫން. އެއިގެ ބޭނުމަކީ ރާއްޖެތެރެ ތަމްސީލު ކުރާ މެމްބަރުން މަޖިލީހުން އުނިކުރުން. މާލެ އިން އެންމެ މެމްބަރަކު ތާއީދު ނުކުރިޔަސް "ގްރޭޓަރ މާލެ" މަޝްރޫޢުތައް ފުލުފުލުން ގެންދާނެ. މި ބަލާވެރިކަން ނިމުމަކަށް އަންނާނީ ތަޢުލީމީ ރާއްޖެތެރޭ މީހަކަށް ދިވެހިރާއްޖޭގެ ރައީސްކަން ލިބިގެން. އެކަން ވުމަކީ ނުވިހާކުއްޖެއްގެ ފޫޅެއް ހޯދުންކަހަލަ ކަމެއް. ސަބަބަކީ ރާއްޖެތެރޭމީހުން 5 ކުޅަނދު މަދުވީމަ. މިހާރުވެސް މާލެ ތަމްސީލު ކުރާ މެމްބަރުންނަކީ ވެރިކަން ކުރާމީހާއަށް ވިކިގެން އުޅޭބައެއް. ދެން އޮތީ ނަމެއްގަ އިދިކޮޅު ނަމަވެސް އެއްކޮޅު ޕާޓީ. މިޕާޓީގެ މަތީފަޑީގަ އުޅެނީ މުޅިންވެސް ނިގޫ ފިތިފަތިބި ބައެއް. އެހެންވީމަ ޖެހެނީ ނަޝީދު ބުނާގޮތެެއް ހަދައިގެން ބަސްއަހައިގެން ތިބުން. އަދިވެސް ލިޔާނެ ވަރަށް ބައިވަރު އެބަހުރި. 2018 އިގަ ވޯޓުދޭއިރު މާލެ އަށް ނިސްބަތްވާ އެކަކަށް ވެސް ވޯޓު ނުދޭތި. ކުލީ އަޅަކަށްވެގެން މުޅި ޢުމުރު ހޭދަކުރަން ނޭދޭނަމަ.