Last Updated: November 28, 09:47
Thursday, November 28, 2024
ރިޕޯޓް

ހަކުރު ބައްޔަށް ގޭގައި ކުރެވިދާނެ 7 ފަރުވާއެއް

ރާއްޖޭގައި ހަކުރު ބަލީގެ ޝިކާރައަކަށް ވެފައި ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ބައެއް މީހުން އެކަމުގެ ފަރުވާ އަކަށް ބޭސް ކާއިރު، މާބޮޑަށް ހަކުރު މަތި މީހުން އިންސުލިން އިންޖެކްޝަންވެސް ޖަހަން ޖެހެއެވެ. ތިރީގައި މިވަނީ ހަކުރު ބަލިން ރައްކާތެރި ވުމަށްޓަކައި ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. ދުވާލަކު އެއް ލީޓަރު ފޮނިތޮށި ފެން ބުއިން

ފޮނިތޮށި އަކީ ހަށިގަނޑުގައި ހުންނަ ހަކުރު ޤުދުރަތީ ގޮތުން ބޭނުން ކުރުމަށް އެހީތެރިވެދޭ ކެމިކަލްއެއް ހިމެނޭ އެއްޗެކެވެ. އެއް ލީޓަރު ފެން ކައްކަން އުދާފައި އޭގެ ތެރެއަށް ތިން މޭޒުމަތީ ސަމުސާ ފޮނިތޮށި އެޅުމަށްފަހު، 20 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. ފުރޭނުމަށްފަހު އެފެން ބޯށެވެ.

2. މާމުއި

2010 ވަނަ އަހަރު ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދިގު މުއްދަތަކަށް މާމުއި ބޭނުން ކުރާނަމަ، ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުންގެ މެޓަބޮލިޒަމްއަށް އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.

3. ލޮނުމެދު

ކޮންމެ ދުވަހަކު ހެނދުނު ލޮނުމެދު ބޭނުން ކުރުމަކީވެސް ހަކުރު ކޮންޓްރޯލް ކޮށްދޭ ކަމެކެވެ. އެހެންނަމަވެސް ލޮނުމެދު ކާންޖެހޭނީ ހުސް ބަނޑާއި ހުރެގެންނެވެ.

4. ހިކަނދި ފަތް

ދުވާލަކު ދެފަހަރު ތާޒާ ހިކަނދި ފަތް ކާން އާދަ ކުރާށެވެ.

5. ފޭރު ފަތާއި ދިރި

ދެއަތް ފުރާ ވާވަރަށް ހުރި ފޭރު ފަތާއި 3 ގްރާމް ދިރި ފުނޑާށެވެ. އެއަށްފަހު އެއް ތަށި ފެނުގައި އެޕޭސްޓް ކައްކާށެވެ. އަދި ފުރޭނުމަށްފަހު ބޯށެވެ.

6. ހުސްބަނޑާއި ހުރެ ފެން ބުއިން

ހެނދުނު ހޭލާ ގޮތަށް 8 ތަށި ފެން ބޯށެވެ. އެއަށްފަހު އެއް ގަޑިއިރު ވަންދެން ހިނގާށެވެ.

7. ސްޓީވިއާ ގަސް

ސްޓީވިއާ ގަހަށް ހިންދީ ބަހުން ކިޔަނީ "މީޓީ ޕައްތީ" އެވެ. އެއީ ފޮނި ރަހަ ލާ ފަތެކެވެ. އެފަތަކީ ހަކުރު ލެވެލް ކޮންޓްރޯލް ކުރުމަށާއި، ބްލަޑް ޕްރޭޝާ ކޮންޓްރޯލް ކުރުމުގައި އެހީތެރިވެ ދިނުމުގެ އިތުރުން ކާއެއްޗެހީގައި ފޮނި ރަހަ ލެއްވުމަށް ބޭނުން ކުރާ ޤުދުރަތީ އެއްޗެކެވެ. 2011 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ސްޓީވިއާ އަކީ އެންޓި-ޑައިބެޓިކް މާއްދާތައް ހިމެނިގެންވާ އެއްޗެކެވެ. އެގޮތުން ހަލާކުވެފައިވާ ބީޓާ ސެލްތައް ރަނގަޅު ކުރުން ހިމެނެއެވެ. މިއީ ހަކުރު ލެވެލް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވިދާނެ އެންމެ ރަނގަޅު ޤުދުރަތީ ފަރުވާއެވެ.