Last Updated: April 19, 21:11
Saturday, April 19, 2025
ޓެކްނޮލޮޖީ

ޖެޓް ސްކީއަކަށް ބަދަލުވާ ސައިކަލެއް އުފައްދައިފި

ފޮޓޯ- ޑެއިލީ މެއިލް

ބައިސްކީގެ ނަމުން ނަންދީފައިވާ ޖެޓް ސްކީއަކަށް ބަދަލުވާ މޮޓޯ ސައިކަލެއް އީޖާދުކޮށްފިއެވެ.

ވޯވިކްޝާގެ އިންޖީނިޔަރުން ހަދާފައިވާ މި މޮޅު އުފެއްދުމަކީ ގިނަބަޔެއްގެ ނަޒަރު ހުއްޓޭނެ އެއްޗެކަށް ވެގެން ދާނެއެވެ. ސަބަބަކީ މިސައިކަލަކީ އެންމެ 5 ސިކުންތު ތެރޭގައި މޫދުގައި ދުއްވޭނެ ޖެޓްސްކީއަކަށް ބަދަލުވެގެން ދާތީއެވެ.

ކުންފުނިން އާންމު ކޮށްފައިވާ ވީޑިއޯއެއްގައި މިސައިކަލް އެއްގަމުގައި ދުއްވާފައި ގޮސް މޫދަށް ފޭބުމުން ޖެޓްސްކީ އަކަށް ބަދަލުވެގެން ދެއެވެ. އަދި ކުންފުނީގެ ވެބްސައިޓްގައި ހާމަ ކޮށްފައިވާ ގޮތުގައި މީގެ ޓޮޕް ސްޕީޑަކީ މޫދުމަތީ ގަޑިއަކު 37 މައިލްސް ކަމަށް ވާއިރު އެއްގަމުގައި ގަޑިއަކު 87 މައިލްސްއެވެ.

މިކަހަލަ މޮޅު އުފެއްދުންތަކަކީ އާންމުގޮތެއްގައި ބޮންޑުގެ 007 ގެ ފިލްމުތަކުން ފެނިގެންދާ އުފެއްދުންތަކެވެ.