Last Updated: April 19, 21:11
Saturday, April 19, 2025
ކުޅިވަރު

ކޮޕަ ޑެލްރޭ ސެމީގައި ބާސާ އަދި އެތްލެޓިކޯ!

ލީގު މެޗެއްގައި ދެޓީމު ވާދަކުރަނީ: ފޮޓޯ- ގޯލް

ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ބާސާ ކުޅެން ހަމަޖެހިއްޖެއެވެ. މުބާރާތުގެ ޑްރޯ ނެގުމުގެ ކުރިން ގިނަ ބަޔަކު ވަނީ މިދެޓީމު ފައިނަލުގައި ކުޅޭތަން ބެލުމަށް ބޭނުންވެފައެވެ.

ރިއަލް އަދި އެތްލެޓިކޯ މެޑްރިޑާއި ބާސާ، މި ތިންޓީމުގެ ތެރެއިން ކޮންމެވެސް ދެޓީމެއް މުބާރާތުގެ ފައިނަލުގައި ބައްދަލުކުރަންވެސް ގިނަ ބަޔަކު ތިބީ އުއްމީދުކޮށްގެނެވެ. ނަމަވެސް ކުއާޓާގައި ސެލްޓަ ވީގޯ ވަނީ ރިއަލް އެގްރިގޭޓުން ބަލިކޮށް ސްޕެއިން ސިއްސުވާލާފައެވެ

ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ ސެލްޓަ ވީގޯ އަދި އަލާވާސްއެވެ. މިދެޓީމުގެ ފަރާތުން ކުއާޓާ ފައިނަލުގައި ފެނުނު ކުޅުމަށް ބަލާއިރު މިމެޗަކީވެސް ފޯރިގަދަ މެޗަކަށް ވެގެންދާނޭ މެޗެކެވެ.

ބަރސެލޯނާ އެތްލެޓިކޯ މެޑްރިޑް މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަމަހުގެ 2 ވަނަ ދުވަހު ރާއްޖެގަޑިން 01:00 ގައި އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައެވެ. އަދި ސެލްޓަ ވީގޯ އަލާވެސް މެޗް ކުޅެން ހަމަޖެހިފައިވަނީ ސެލްޓަރ ވީގޯ ދަޑުގައި 3 ވަނަ ދުވަހުގެރޭ 01:00 ޖަހާއިރެވެ.