Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

މޫނު ބުރުގާ އެޅި ޤުރުއާން ޓީޗަރު ވަކިކޮށްފި

އ.އ އަތޮޅު ތައުލީމީ މަރުކަޒުގައި ކީރިތި ޤުރުއާން އުނގަންނައި ދެއްވަމުން އައި ޓީޗަރަކު މޫނު ބުރުގާ ނުނެގުމުން ވަޒީފާއިން ވަކިކޮށްފިއެވެ.

ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލާއި ހަވާލާދީ އޮންލައިން ނޫސް 'ސަން' އިން ރިޕޯޓު ކޮށްފައިވާގޮތުން ޤުރުއާން ކިޔަވައިދެމުން އައި ޓީޗަރެއްގެ ކޮންޓްރެކްޓު މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވެފައިވަނީ ޤުރުއާން ޓީޗަރު ވަކިކޮށްފައިވަނީ ދިވެހި ރާއްޖޭގެ ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތާއި ހިލާފުވެ، ނަސޭހަތް ދިނުމަށްފަހު ރަނގަޅު ނުކޮށްގެނެވެ.

މިއަތޮޅު މަތިވެރި ސްކޫލުގައި މޫނުބުރުގާ އަޅާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ނާދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެޓީޗަރަށް އަންގާފައެވެ.

މިމައްސަލައާއި ގުޅިގެން ދިވެހި ރާއްޖޭގައި ތިބި ދީނީ އިލްމުވެރިން އަންނަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް މިއަމަލު ކުށްވެރިކުރަމުންނެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިމައްސަލައާއި ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ.