ހިތަދޫގައި ރޭ ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ހިތަދޫގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރާ ބިދޭސީ މީހާ އަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބިދޭސީ މީހާގެ ނިއްކުރިއަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދި ކަމަށާއި އެހެން ނަމަވެސް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮޮތުގައި ރޭ 11:30 އެހާކަށް ހާއިރު ހަތަރު މީހުންގެ ގްރޫޕަކުން ބިދޭސީ މީހާއަށް ހަމަލާދީފައި ވަނީ މަސައްކަތް ނިންމާފައި އިތުރު ދެ ބިދޭސީ އަކު ގެއަށް ދިޔަ މަގުމަތީގައެވެ. މާރާމާރިގައި އެ ބިދޭސީންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވެއެވެ.
ރޭގެ މާރާމާރި އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔަ ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.