ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިދިޔަ ހަފްތާ ތެރޭގައި އިސްތިއުފާ ދެއްވި މަޝްހޫރު ޕްރެޒެންޓާ ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ ނިއުސް ހެޑްގެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.
ހީނާ ޕީއެސްއެމްއިން އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވީ އެތަނުން އިސްތިއުފާ ދެއްވީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި، ބޭރަށް ކިޔަވަން ދިއުމުގެ ވިސްނުމުގައި ކަމަށެވެ.