އައްޑޫ ހިތަދު އާއި ފޭދޫ، މަރަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގެ ރޯޑް ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން އަލުން ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 1,500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައި ގަންނާނީ މި މަހު 12-27 އަށް ބަންދުނޫން ކޮންމެ ދުވަހަކު ކަމަށެވެ.
ބީލަން ހުށަހަޅާ އިރު ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 700,000ރ. ވެސް ހުށަހަޅަން ޖެހެ އެވެ.
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. އަދި ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓު ހުށަހަޅަން ޖެހޭއިރު އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސަންޓުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީ-މެއިލް ކުރަން ޖެހެ އެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
އައްޑޫ ރޯޑް ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އެންމެ ފަހުން ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.