މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ 16 އިން މި ފަހަރު ވެސް ފުރުސަތު ލިބުނު ބައިވެރިންގެ ތެރޭގައި އައްޑޫ ޒުވާނަކު ހިމެނިއްޖެ އެވެ.
އެއީ ހުޅުދު އަށް ނިސްބަތްވާ އައިޝަތު ޖައިޝާ ވަހީދެވެ. އެކަމަކު އޭނާ އޮޑިޝަނަށް ހޮވުނީ އައްޑޫ އޮޑިޝަނަކުންނެއް ނޫނެވެ.'
ޖައިޝާ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ހެދީ މާލެ އޮޑިޝަނުންނެވެ.
އޮޑިޝަނުން ހޮވުނު 44 ބައިވެރިންނާ އެކު ބޭއްވި ތިއޭޓަ ރައުންޑްގެ ޝޯތައް ހަފުތާ ބަންދުގައި ނިންމާލި އިރު، ގަދަ 16 އިން ޖާގަ ލިބުނު އައްޑު އަށް ނިސްބަތްވާ ހަމައެކަނި ބައިވެރިޔަކީ ޖައިޝާ އެވެ. ޖައިޝާ އަށް މަރުހަބާ އެވެ.
ޓީއެމުން ރޭ ދެއްވި ތިއޭޓަ ރައުންޑް ދެވަނަ ބުރުގައި ފޭދޫ އައިޝަތު އަޒަލް އަލީ ޒާހިރު ވެސް ވާދަ ކުރި އެވެ. އެކަމަކު އޭނާ އަށް ވަނީ ގަދަ 16 އަށް ދަތުރު ކުރެވޭ ގޮތް ނުވެފަ އެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ތިއޭޓަ ރައުންޑަށް އައްޑޫގެ އިތުރު ބައިވެރިންތަކެއް ވެސް ވާދަ ކުރި އެވެ. އެކަމު އޭގެ ތެރެއިން ގިނަ ބައިވެރިން ވަނީ ހުކުރު ދުވަހުގެ ރޭގެ ރައުންޑުން ކަޓައިފަ އެވެ.