ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވަމުން އަންނަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ މުބާރާތް މާދަމާ ހަވީރު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެފްއޭއެމްއިން ބުނީ މި ފަހަރުގެ މުބާރާތުގައި އައްޑޫގެ 6 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށެވެ. މާދަމާއިން ފެށިގެން މާޗް މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތް ފެއްޓުމުގެ ގޮތުން ވާދަކުރަނީ ސ. އަތޮޅު މަދަރަސާ އާއި އައްޑޫ ހައި ސްކޫލެވެ. މެޗް ފަށާނީ ހަވީރު 4 ޖަހާއިރުއެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް ތަކަކީ ސ. އަތޮޅު މަދަރަސާ އާއި އައްޑޫ ހައިސްކޫލްގެ އިތުރުން ހިތަދޫ ސްކޫލް، ފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލެވެ.
މައިލޯ އިންޓަރ ސްކޫލްގެ 17 އަހަރުން ދަށުގެ މުބާރާތް އަހަރު ކުރީ ކޮޅަށް ތާވަލްކޮށްފައިވަނީ ޖީސީއީ އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. \
މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތަށި އުފުލާލާފައިވަނީ