Last Updated: April 24, 13:32
Thursday, April 24, 2025
ކުޅިވަރު

އިރުޝާދިއްޔާއިން ޝަރަފުއްދީން ކޮޅަށް ގިނަ ލަނޑުތަކެއް

މިހާރު އައްޑޫ ސްޓޭޑިއަމްގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މަރަދޫ އިރުޝާދިއްޔާ ސްކޫލާއި ޝަރަފުއްދީން ސްކޫލް ބައްދަލުކުރި މެޗް ފަސޭހަ ކަމާއި އެކު އިރުޝާދިއްޔާ ސްކޫލުން ކާމިޔާބްކޮށްފިއެވެ.

އިރުޝާދިއްޔާއިން މެޗް ކާމިޔާބް ކޮށްފައިވަނީ 8-1 ލަނޑުންނެވެ. މި މެޗްގައި އިރުޝާދިއްޔާ ސްކޫލްގެ އަހްމަދު ލޫޠު އައްބާސް އާއި ހުސެއިން އައިކު ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމުން ޖެހި އަނެއް ދެ ލަނޑު ޖެހީ ހޫދު އައްބާސް އާއި ހުސެއިން ރާއިފް ނިޒާރުއެވެ.

ޝަރަފުއްދީންގެ ހަމައެކަނި ލަނޑަކީ އިރުޝާދިއްޔާ ޓީމްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ހިތަދޫ ސްކޫލް އާއި ފޭދޫ ސްކޫލްއެވެ. ޖުމްލަ 6 ސްކޫލަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނ ދުވަހު ހަވީރުއެވެ.