Last Updated: December 26, 22:36
Thursday, December 26, 2024
ޚަބަރު

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެ

ރޭ ކުރި ވިއްސާރައިގައި ކުޅުދުއްފުށީގެ ގެއަކަށް ފެންވަދެފައި--ފޮޓޯ: ކޭއޯ

ހދ. ކުޅުދުއްފުއްޓަށް ރޭ ކުރި ވިއްސާރާގައި އެރަށުގައި ފެންބޮޑުވެ ގިނަ ގޭބިސީތަކުގައި ފެންބޮޑުވެއްޖެއެވެ.

ހދ އަތޮޅުގެ ހަބަރު ގެނެސްދޭ "ކޭއޯ" ނޫހުން ބުނެފައިވަނީ އެރަށައް ކުރި ވިއްސާރާގައި ބޮޑަށް ފެންވަދެފައިވަނީ ރަށުގެ އަމީނީމަގުގެ އިރުދެކުނު ސަރަހައްދުގަ އެވެ. އެސަރަހައްދުގެ ގިނަ ގޭބިސީތަކަކަށް ފެންވަދެފައިވާއިރު އެސަރަހައްދުގެ ގޭބިސީތަކުގެ ނަރުދަމާގެ ވެސް ވަނީ މައްސަލަ ޖެހިފާކަމަށް ކޭއޯއިން ރިޕޯޓްކޮށްފައިވެއެވެ.

ކުޅުދުއްފުއްޓަށް ކުރި ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުން ކަރަންޓް ކެނޑިފައިވާތީ ރޭ ގިނަ ބަޔަކު ނިދީ އުއްބައްތި ޖަހައިގެންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެއިދާރާއިން ބުނެއެވެ.