ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ޕޮލިހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.
ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވަނީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ފައިރޫޒާއި އަޒްމޫން އަހުމަދުދީދީއެވެ.
ފުލުހުންގެ އިދާރާއިން ވަކިވަކިން ފޮނުވި ދެ ޗިޓްގައި ބުނެފައި ވަނީ އެ ދެ ނޫސްވެރިން ހާޒިރުވުމަށް އަންގާފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށްކަމަށެވެ.
ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔެއްގެ މައްޗަށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތުވާކަމަށް ކްރިިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިންނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާތަކެއް ނޫން ކަމަށާއި، އެ ދައުވާތަކަކީ ރާއްޖެ ޓީވީ ހުއްޓުވުމަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ރާއްޖެ ޓީވީ އިން ވަނީ ބުނެފައެވެ.