Last Updated: April 24, 17:56
Thursday, April 24, 2025
ކުޅިވަރު

ޝަރަފުއްދީން ބަލިކޮށް، ފޭދޫ ސްކޫލަށް ދެވަނަ މޮޅު

އިންޓަރ ސްކޫލް މައިލޯ ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލާއި ޝަރަފުއްދީން ބައްދަލުކުރި މެޗް 7-4 ލަނޑުން ފޭދޫ ސްކޫލް މޮޅުވެއްޖެއެެވެ. މިއީ 17 އަހަރުން ދަށުގެ އުމުރުފުރާގައި މިފަހަރު ފޭދޫ ސްކޫލަށް ލިބުނު ދެވަނަ މޮޅެވެ. ފޭދޫ ސްކޫލް ވަނީ ހިތަދޫ ސްކޫލާއި ބައްދަލުކުރި މެޗުވެސް ކާމިޔާބުކޮށްފައެވެ.

މެޗްގައި ފޭދޫ ސްކޫލުން ޖެހި 7 ލަނޑުގެ ތެރެއިން 5 ލަނޑު ޖަހާދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ހަސަން ލައިސް އަދުނާންއެވެ. އެޓީމްގެ އަނެއް ދެލަނޑު ޖެހީ އިބްރާހިމް ނަވާލް އާއި ހަސަން ޝިޔާހްއެވެ.

ޝަރަފުއްދީން ސްކޫލްގެ ލަނޑުތައް އެޓީމަށް ޖަހާދިނީ އަހްމަދު ހާމީ ނަޖާހް އާއި އަސަދުއްﷲ އަލީ ސައީދު އާއި އިބްރާހިމް އަމީމްއެވެ. އަމީމް ވަނީ ދެ ގޯލް ޖަހާފައެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ހިތަދޫ ސްކޫލް އާއި ސ. އަތޮޅު މަދަރަސާއެވެ.