ދިވެހި ރާއްޖެ އަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެން ކަނބަލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތްވަރާއެކު ވަރުބަލި ކަމެއްނެތި މުޅި ދިވެހި ރާއްޖެ އަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން ކަމަށެވެ.
އަދި އެ ދުވަހާ ގުޅިގެން ދިވެހި އަންހެން ކަނބަލުންނަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
Hiyvaraa eku varubali kameh nethi mulhi Dhivehi Raajje ah dhirundhey bayakee Dhivehi anhenun. #FisaariAnhenun ah marhabaa! #IWD2017
— Mohamed Nasheed (@MohamedNasheed) March 8, 2017
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ހަރަކާތްތަކެއް ހިންގައިފަ އެވެ.
އެގޮތުން އަންހެނުގެ ހައްގުތައް ރާއްކާތެރި ކުރުމަށް ގޮވާލާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވަނީ ކާނިވާ އެއްވުމެއް ބާއްވައިފަ އެވެ.
ގިނަ ބަޔަކު ބައިވެރިވި އެ އެއްވުމުގައި އިސްސަފުގައި ހަރަކާތްތެރިވާ ގިނަބަޔަކު ވަނީ ވާހަކަ ދައްކަވާ އެބޭފުޅުންގެ ޝުއޫރު ފާޅުކުރައްވާފަ އެވެ.