Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ހުޅުދު އާއި މީދޫ ޖިމް ސެޓް ބަހައްޓާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ކައުންސިލުން ހުޅުދު އާއި މީދޫގައި ބަހައްޓަން ނިންމާފައިވާ އައުޓް ޑޯ ޖިމް ސެޓް އެ ދެ އަވަށުގައި ބަހައްޓައި ދޭނެ ފަރާތެއް ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މާދަމާ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން އަދި ބުނީ މަޢުލޫމާތު ހޯދަން ނާންނަ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަންނާނެ ކަމަށެވެ.

ކައުންސިލުން ހަރަދުކޮށްގެން މަރަދު އާއި ފޭދޫގައި މިހާރު ވަނީ އައުޓް ޑޯ ޖިމް ސެޓް ބަހައްޓައިފަ އެވެ.