ރާއްޖޭގައި މިހާރު ފެތުރެމުންދާ ސްވައިން ފްލޫ ކޮންޓްރޯލް ނުވެ ސީރިއަސްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މާބަނޑު އަންހެނަކުވަނީ މި ބަލި ޖެހިގެން މާލެ ގެނެސް، ވެންޓިލޭޓަރުގައި ބޭއްވުމަށްވުރެ ހާލު ސީރިއަސް ވުމުން ބަނޑަށް ފަސް މަހުގައި ސިޒޭރިއަން ހަދައި ޑޮކްޓަރުން ވަނީ ދަރިފުޅު ނަގާފައެވެ.
އައިޖީއެމްއެޗުން ވިދާޅުވެފައިވަނީ ދަރިފުޅު ނެގުމަށްފަހުވެސް އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ތުއްތު ދަރިފުޅުގެ ހާލުވެސް ސީރިއަސް ކަމަށެވެ.
ހ.ދ ކުޅުދުއްފުށިންގެ މާލެ ގެނައި މިއަންހެން މީހާއާއި އެމީހާގެ ތުއްތު ދަރިފުޅަކީ މިހާރު ރާއްޖޭގައި މިބަލީގެ ޝިކާރައިގައި ޖެހި އެންމެ ހާލު ސީރިއަސް މީހާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާތަނަށް އެކަކު ސްވައިން ފްލޫ ޖެހިގެން މަރުވެފައިވާއިރު ސީރިއަސް ވާ މީހުން އަންނަނީ އިތުރުވަމުންނެވެ.