Last Updated: November 28, 06:03
Thursday, November 28, 2024
ރިޕޯޓް

ހަށިގަނޑު ފަލަކޮށްދޭ ދުޅަހެޔޮ ފަސް ބާވަތެއް

1. އާޓިފިޝަލް ސްވީޓްނާ

މީގެ ނަމުންވެސް އެނގޭ ފަދައިން މިއީ ވަރަށް ގިނަ ކެމިކަލްތަކެއް އެކުލެވިގެންވާ އާޓިފިޝަލް ޕްރޮޑަކްޓެކެވެ. އިންސާނުންގެ ހަށިގަނޑުގައި ލެބޯޓްރީ ގައި އުފައްދާ އެފަދަ ކެމިކަލްތައް ރަނގަޅަށް ހަޖަމް ކުރެވޭފަދަ ނިޒާމެއް ނުހުރެއެވެ. އެހެންކަމުން އެފަދަ އާޓިފިޝަލް ޕްރޮޑަކްޓްތައް ހަށިގަނޑުގައި ފެޓްސްގެ ގޮތުގައި ރައްކާ ކުރެވި، މީހާގެ ބަރުދަން އިތުރުކޮށް ދެއެވެ.

2. ސޯއި މިލްކް

ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ސޯއި ކިރަކީ ފުލް-ކްރީމް ކިރަށްވުރެ ފައިދާހުރި ކިރެކެވެ. ސޯއި މިލްކްގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮ ވިޔަސް، އާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ ސޯއި ކިރަކީ ވަރަށް ކޮލިޓީ ދަށްކޮށް ތައްޔާރު ކޮށްފައި ހުންނަ އެއްޗެކެވެ. އެހެންކަމުން އެ ސޯއި ކިރު ބުއިމުން ހަށިގަނޑަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިއްބައިދެއެވެ.

3. މާޖެރިން

މާޖެރިން އަކީ އާޓިފިޝަލް ބަޓަރު ކަމުގައި ވުމުން، މާޖެރިން ކެއުމަކީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެޓްސް އިތުރު ވެގެންދާ ކަމެކެވެ. މާޖެރިން ބޭނުން ކުރުމުގެ ބަދަލުގައި އާދައިގެ ބަޓަރު ބޭނުން ކުރުން ބުއްދުވެރިއެވެ. އާދައިގެ ބަޓަރަކީ އާޓިފިޝަލް ބަޓަރަށްވުރެ ރަހަމީރު ވެފައި، ސިއްޙަތަށްވެސް މާ ފައިދާ ބޮޑު އެއްޗެކެވެ. ބަޓަރަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސް ކުރުވައިދޭ ރަނގަޅު ފެޓްސް އެކުލެވިގެންވާ އެއްޗެކެވެ.

4. ޕްރިޒާވެޓިވް ޖޫސް

ޕްރިޒާވެޓިވް ޖޫހަކީ ކޯކް އާއި ފެންޓާފަދަ ސޮފްޓް ޑްރިންކްސް ނުވަތަ ލުއިބުއިންތަކާއި އެއް މިންވަރަކަށް ހަކުރު އެކުލެވިގެންވާ އެއްޗެކެވެ. ޕްރިޒާވެޓިވް ޖޫސް ބުއިމުން ހަކުރު މަތިވެ ހަށިގަނޑުގައި ބޭކާރު ފެޓްސް ރައްކާ ކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް މި ޖޫހުގައި ހިމެނިގެންވާ ކެމިކަލްތަކާއި ކުލަތަކަކީވެސް ހަށިގަނޑަށް ވަރަށް ނުރައްކާތެރި އެއްޗެހިއެވެ.

5. ހޯލް ވީޓް ބްރެޑް

ހޯލް ވީޓް ޕާނަކީ އާންމުކޮށް މީހުން ޤަބޫލުކުރާ ގޮތުގައި އެންމެ ދުޅަހެޔޮ އެއް ކާނާގެ ބާވަތެވެ. އެހެންނަމަވެސް، އޭގައި ހިމެނޭ ކެމިކަލްތަކަކީ އޭގެ ރަހަ މީރު ކޮށްދިންކަމުގައި ވިޔަސް، ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ކެމިކަލްތަކެކެވެ. ހޯލް ވީޓް ޕާނުގައި ހުންނަ ވީޓް ގައި 'ޖެނެޓިކަލީ މޮޑިފައިޑް' މާއްދާތައް ހުރުން އެކަށީގެންވެއެވެ. އެއީ އޭގެ ސަބަބުން ހަށިގަނޑުގެ ބައެއް ތަންތަން ދުޅަވުމަށް މަގުފަހިކޮށްދޭ މާއްދާތަކެކެވެ.