ޖިމަށް ގޮސް ވޯކްއައުޓް ކުރާ މީހުންގެ އޭގެ ރޫޓީންތައް ފޭސްބުކްއަށް ޕޯސްޓުކޮށް އެހެން މީހުންނަށް ދައްކާ މީހުންނަކީ ސައިކޮލޮޖިކަލް މައްސަލަ ހުންނަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ބްރުނެލް ޔުނިވާސިޓީގެ ރިސާޗަރުން ހެދި ސާވޭއެއްގައި މިގޮތަށް ކަސްރަތުކޮށް އޭގެ ޕޯސްޓުތައް ޝެއާ ކުރާ މީހުންގެ މަގުސަދަކީ އޭނާގެ ބައްޓަން އެހެން މީހުންނަށް ދައްކައި ރީތި ބަސްތައް ހޯދުމެވެ.
ރިސާޗް ދައްކާގޮތުން މިފަދަ މީހުންނަކީ އަމިއްލަ މީހާއަކީ އެންމެ މޮޅު މީހާ ކަމަށް ދެކޭ މީހުންނެވެ. އަދި އެމީހުންގެ ހަށިގަނޑު ރީތިކޮށް، ލިބޭ ކާމިޔާބީތަކަކީ އެހެން މީހުންނަށް ނުކުރެވޭނެ ކަމެއް ކަމަށް ދެއްކުމަށް ބޭނުންވާ ކަމަށް މި ރިސާޗުން ދައްކާފައިވެއެވެ.
ސާވޭ އިން ދައްކާގޮތުގައި މިފަދަ ޕޯސްޓުތަކަކީ އެމީހުންގެ އެހެން ޕޯސްޓުތަކާއި އަޅާބަލާއިރު ޖިމްގެ ޕޯސްޓުތަކާއި ކަސްރަތުގެ ޕޯސްޓުތަކަށް ގިނަ ލައިކްސް އާއި ޝެއާ ލިބެއެވެ. އެހެންކަމުން އެމީހުންގެ މަގުސަދު އެފަދަ ޕޯސްޓުތަކުން ކާމިޔާބުކުރެވެއެވެ.
ރިސާޗް އިން ދައްކާ ގޮތުގައި ހަގީގަތުގައި ހަށިގަނޑު ރީތިކޮށް އަދި ދުޅަހެޔޮކޮށް ބަހައްޓަން ބޭނުން މީހުން އެމީހުން ކުރާ ކަސްރަތުގެ ވާހަކަ އެއްވެސް ސޯޝަލް މީޑިޔާ ވަސީލަތްތަކުގައި ނުދައްކައެވެ.
އާންމުންނަށް ދަސްކޮށް ދިނުމަށް ޓިއުޓޯރިއަލް ހަދައި ވީޑިއޯކޮށް އިންސްޓަގްރާމަށާއި ޔޫޓިއުބްއަށް ލައި ޕަބްލިޝް ކުރުމަކީ މުޅިން ވަކި ކަމެކެވެ.