Last Updated: November 24, 23:51
Sunday, November 24, 2024
ކުޅިވަރު

އައްޑޫން 36 ބިމެއް ލިބިފައިވޭ: އިރުތިޝާމް

ކުޅިވަރުގެ މަޝްރޫއުތައް ހިންގުމަށް އައްޑޫން ޔޫތު މިނިސްޓްރީ އަށް 36 ބިމެއް ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ އައްޑޫގެ ޔޫތު ސެންޓަރުތަކަށް ޒިޔާރަތްކޮށް، އައްޑޫގެ ބައެއް ޒުވާނުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އިރުތިޝާމް ވިދާޅުވީ ޔޫތު މިނިސްޓްރީއަށް އައްޑޫޓީން ލިބިފައިވާ 36 ބިމުގައި ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި، ވޯޓަ ތީމް ޕާކް ތަރައްޤީ ކުރުމާއި ބަށި، ނެޓްބޯޅަ، ވޮލީ ކޯޓުތަކާއި، އެނޫން ވެސް ގިނަ އިންފްރަސްޓްރަކްޗަގެ ވަސީލަތްތައް ތަރައްގީ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ވެސް ހިންގަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް ކަންކަން ފަހިކޮށް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރެއިން އާމްދަނީ އިތުރު ކުރެވޭނެ ގޮތާއި، ޒުވާނުން ބާރުވެރިކޮށްގެން ހަރަކާތްތަކެއް ހިންގޭނެ ގޮތްތަކަށް ކަމަށެވެ.