ސައިކަލް ވަގަށް ނަގައިގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން އެފަދަ މައްސަލަތައް ހުއްޓުވުމަށް ބާރު އެޅުމަށާއި އަދި ވަގަށް ނަގާ ސައިކަލްތައް ފަސޭހައިން ހޯދައިގަނެވިދާނެ ގޮތްތަކާއިގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ އިސްވެރިންނާއި ސައިކަލް ވިއްކާ ކުންފުނިތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ސައިކަލް ވިއްކުމުގެ ކުރިން ސައިކަލްގައި ލޮކޭޝަން އެނގޭ ޑިވައިސްއެއް ހަރުކުމާއި، އަދި ސައިކަލް ވިއްކުމާއި ސައިކަލް ގަންނައިރު ސައިކަލް ފުލް އިންޝްރެންސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވެއެވެ.
މީގެ އިތުރުން ސައިކަލްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކޮމްޕެނީން ބަދަލުކުރާނަމަ ރަސްމީ ލެޓަ ހެޑް ސްޓޭމްޕް ޖަހާފައިވާ ކޮންސަރން ރިޕޯޓެއް ދޫކުރުމާއި ޓޯ ކުރެވޭ ސައިކަލް ތަކުގައި އިންޖީނު ނަންބަރާއި ޗެސިސް ދިމާނުވާތީ އާއި ކޮމްޕެނީން އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާނުލާ ހުރި ނަމަވެސް ބައެއްފަހަރު ކުރެވޭ މަރާމާތުތަކުގައި އެނަންބަރުތައް އޮޅިފައި ހުންނަހުރުން ކޮމްޕެނީތަކުގެ ސަމާލު ކަމަށް ގެނެސްފައިވެ އެވެ.
މި ބައްދަލުވުމުގައި އޭލިއާ އިންވެސްމެންޓް ޕްރައިވެންޓް ލިމިޓެޑްއާއި އޭލިއާ ކޮންސްޓްރަކްޝަން ޕްރައިވެންޓް ލިމިޓެޑާއި ބުރަދާސް މޮޓޯ ކޮންޕެނީ ޕްރައިވެންޓް ލިމިޓެޑާއި ލިޓަސް މޯލްޑިވްސް ޕްރައިވެންޓް ލިމިޓެޑާއި ލިފާން މޯލްޑިވްސް ޕްރައިވެންޓް ލިމިޓެޑްގެ އިސް ވެރިންނާއި ޖެނަރަލް އިންވެޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ފުލުހުނ ބައިވެރިވި އެވެ.