ދިވެހި ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނު އަސާސީ އިން ލިބިދޭ އިނާޔަތްތަކަށް ބަދަލު ގެނައުމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފިއެވެ.
އަދުރޭ މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި ގައުމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ބަޔަކަށް އިނާޔަތާއި ރައްކާތެރިކަން ދޭކަށް ނުޖެހޭ ކަމަށެވެ.
Thimaamenge amilla edhumah takai,Gaumugai fithuna fasaadha ufahdhan ulhey bayakah inaayathaa himaayathaa Rahkaatheri kan dheykah nujehey.
— Abdul Raheem Abdulla (@Banafsaa) March 20, 2017
އޭގެ ކުރިން ކުރި ޓުވީޓުގައި އަދުރޭ ވަނީ ހާލަތާ ގުޅޭ ގޮތަށް އިނާޔަތް ކުރީގެ ރައީސުންނަށް ދޭ ގޮތަށް ބިލް އިސްލާހު ކުރުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް އޭނާ ވަނީ ގޮވާލާފައެވެ.
KR in nah inaayathaa Himaayaiy dhinumuge gaanoonah ,haalathaa gulhey gothah islaahu hushahalhah egaanoon hushahelhuhvi MP Nihan ah govaalan
— Abdul Raheem Abdulla (@Banafsaa) March 20, 2017
ޕީޕީއެމްގެ ނައިބު ލީޑަރުގެ ޓުވީޓުތަކުން ދޭހަވާ ގޮތުގައި ކުރީގެ ރައީސްކަން ކުރި ފަރާތްތަކަށް ދޭން ޖެހޭ އިނާޔަތް ދިނުން އޮތީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔާކަމުގައި އެކަންޏެވެ.
އަދުރޭގެ ބަސްމަގު މިފަދަ ގޮތަކަށް ބަދަލުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން މިސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޕީޕީއެމް އިން ވަނީ ކުރީގެ ރައީސުންނަށްދޭ އިނާޔަތް ބޮޑުކޮށްފައެވެ. ކުއްލިއަކަށް މިހާރު އަދުރޭގެ ވިސްނުން ބަދަލުވެފައިވަނީ ކީއްވެތޯ އެއީ ރައްޔިތުންގެ މެދުގައި އުފެދޭ ސުވާލެކެވެ.