Last Updated: April 19, 17:31
Saturday, April 19, 2025
ސިޔާސީ

އަދުރޭއަށް ޔުމްނާގެ ރައްދު؛ މެޑިކަލްއާއި ސެކިއުރިޓީ ކެނޑީ ގާނޫނު ބަދަލުނުކޮށްތަ؟

ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސުންގެ އިނާޔަތްތައް "ހާލަތާގުޅޭ ގޮތުން" ދިނުމަށް ގޮވާލި ޓުވީޓަށް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ރައްދުދީފިއެވެ.

ޔުމްނާ ކުރި ޓުވީޓުގައި ކުރީގެ ރައީސުންނަށް ގާނޫނު އަސާސީއިން ލިބެން ޖެހޭނެ ކަމަށް ބަޔާންކުރާ މެޑިކަލް އެލޮވެންސާއި ސެކިއުރިޓީ ކަނޑާލާފައިވަނީ ގާނޫނު ބަދަލުނުކޮށްތޯ ސުވާލުކޮށްފައިވެއެވެ.

ކުރީގެ ރައީސުންނަށް ދޭން ޖެހޭ އެލޮވެންސްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް މިސަރުކާރުން ނުދޭ ކަމަށް ކުރިން އެމްޑީޕީއިން ވަނީ ބުނެފައެވެ.

ނަމަވެސް ނަޝީދު ވަނީ ބައިތުލްމާލުގައި އޭނާ ކުރާ މަސައްކަތަކީ ފައިސާއާއި މުދާ ހޯދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އިނާޔަތް ކެނޑިއަސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.