މީހަކު ލިޔާ އެއްޗަކުން ނުވަތަ ބުނާ ބަހަކުން ހައްޔަރުކޮށް ކަސްތޮޅު އެޅުވިގެން ނުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް، ތޮއްޔިބް ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާތީއެވެ.
@thayyib aky varah agu huri gaumee masaykatheh kuramudhaaBeyfulheh
liyeli ehchakun dhulunFaalhukuri hiyaalakun kastholhu alhuvaigen nuvaane!— Mohamed Musthafa (@Thimarafushi) March 20, 2017
މުސްތަފާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ތޮއްޔިބަކީ އަގުހުރި ގައުމީ މަސައްކަތް ކުރަމުންދާ ބޭފުޅެއް ކަމަށާއި ބުނާ ބަހަކުން އަދި ލިޔާ އެއްޗަކުން ކަސްތޮޅު އެޅުވިގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އަބުރުގެ ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގާނޫނޫ އަސާސީއިން ލިއްބައިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށް ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.