Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ސްޕީޑް ބްރޭކަރު އަޅައި ނިންމާލައިފި

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތާރު މަގުތަކުގައި ސްޕިޑް ބްރޭކަރު އަޅައި އިއްޔެ ނިންމާލައިފި އެވެ.

މި މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

ތާރު މަގުތަކުގައި ޖުމްލަ 40 ބްރޭކަރު ވަނީ އަޅައިފަ އެވެ.

އަލުން ބްރޭކަރުތައް އަޅާފައި މި ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެޅި ބްރޭކަރުތައް ނެއްޓުމާ ގުޅިގެންނެވެ.

ބްރޭކަރުތައް އެޅިތާ މާ ގިނަ ދުވަހެއް ނުވެ، އެ ތަކެތި ނެއްޓެން ދިމާވީ ތާރުގަނޑަށް ބޮލްޓް ޖަހައިގެން ހަރު ކުރުމުން، ތާރުގަނޑު ހޫނުވުމުން ބޮލްޓްތައް ދޫވުމާ ގުޅިގެންނެވެ.

އަލުން ބްރޭކަރުތައް އެޅީ ތާރުގަނޑު ކެނޑުމަށް ފަހު، އަށް އިންޗީގެ ކޮންކްރިޓް ލޭޔަރެއް އަޅައި، އިސްކުރު ޖަހައިގެންނެވެ.

އެހެންވެ މިހާރު ބްރޭކަރުތައް ނުނެއްޓޭނެ ކަމަށް އެމްއާރްޑީސީން ބުންޏެވެ.