Last Updated: November 26, 17:50
Tuesday, November 26, 2024
މީހުން

ސައިކަލެއް ވަގަށް ނެގި މީހަކު ހަ މަހަށް ޖަލަށް

ހިތަދޫ ޕޮލިސް ސްޓޭޝަން. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ސައިކަލެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވި މީހަކު 6 މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ސ. މަރަދޫ ރަތްމާގެ، އަލީ ޝިޔާޤުއެވެ.

އަލީ ޝިޔާޤުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މާލެއިން ގެއްލުނު ސައިކަލެއް އޭނާގެ އަތުން ފެނުނު މައްސަލަ އަކާއި ގުޅިގެންނެވެ.

އެ މައްސަލައިގައި ދައުލަތުން އަލީ ޝިޔާޤުގެ މައްޗަށް ދައުވާ އުފުލުމުން އެ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ.

މާޗް މަހުގެ 9 ވަނަ ދުވަހު އަލީ ޝިޔާޤުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.