Last Updated: February 8, 21:18
Saturday, February 8, 2025
ޚަބަރު

އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އަބްދުﷲ ރިޔާޒު މިރޭ ހައްޔަރުކޮށްފައިވާ ކަން ޖުމްހޫރީ ޕާޓީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި، ރިޔާޒް ހައްޔަރު ކުރީ ޖުމްހުރީ ޕާޓީގެ މައި ގަޖަހަ މ. ކުނޫޒުގައި ކުރިއަށްދާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށެވެ.

ޖުމްހުރީ ޕަޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ރިޔާޒު ހައްޔަރު ކުރައްވާފައިވަނީ ފައިމަގުގައި ހިންގަވާފައި ކުނޫޒަށް ވަޑައިގަންނަވަނިކޮށް މާވެޔޮމަގުގައި ތިބި ފުލުހުން ކޯޓު އަމުރު ދެއްކުމަށްފަހު ކަމަށެވެ.

ސަމީރު ވިދާޅުވީ މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުން ރިޔާޒުގެ ފޯނު އަތުލެއްވުމަށް ފުލުހުން މަސައްކަތް ކުރެއްވިކަމަށެވެ.

"ރިޔާޒް ޖަލްސާއަށް ވަޑައިގަންނަވަނިކޮށް މާވެޔޮމަގުން ހައްޔަރުކުރީ. އެ މަގުގައި ރިޔާޒުގެ ގެ ހުންނަނީ. އަޅުގަނޑު މެން މިދަނީ ރިޔާޒް އާއި ބައްދަލު ކުރުމަށް މަސައްކަތް ކުރަމުން، އަދި އިތުރު ތަފްސީލެއް އަޅުގަނޑުމެންނަށް ވެސް ނުލިބޭ"، ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ރިޔާޒް ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މައްސަލައެއްގައި ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ތަފްސީލް އަންނަނީ…..