Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

އަނެއްކާވެސް އިތުރު 23 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް

ފޮޓޯ-ސަން

ރާއްޖޭގައި މިހާރު ހަލުވި ކަމާއި އެކު ފެތުރެމުންދާ ސްވައިން ފްލޫއަށް އިތުރު 23 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން އިއްޔެގެ ނިޔަލަށް 619 މީހުން ޓެސްޓްކުރެވިފައި ވާއިރު އޭގެތެރެއިން 222 މީހަކު ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ސްވައިން ފްލޫއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ފާއިތުވި 48 ގަޑިއިރުތެރޭގައި ފަރުވާއަށްފަހު އެޑްމިޓްކުރި 10 މީހަކު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.

ސްވައިން ފްލޫ ޖެހޭ މިންވަރު އިތުރުވެފައިވާއިރު އެ ބަލީގައި މިހާތަނަށް ރާއްޖެއިން 6 މީހަކު ވަނީ ނިޔާވެފައެވެ.