Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ނާޒިމް ޖަލަށް ގެންދަން އެސްއޯ ފުލުހުން ގޮސްފި

މ. ސީނުކަރަންކާގޭ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ، ކާނަލް މުހައްމަދު ނާޒިމް ގޭބަންދުން ޖަލަށް ގެންދިއުމަށް ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ނާޒިމްގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި ނާޒިމް ޖަލަށް ބަދަލު ކުރުމަށް އެސްއޯ ފުލުހުން އެގޭގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން މިއަދާ ހަމައަށް ވެސް ކާނަލް ނާޒިމް ހުންނެވަނީ ގޭ ބަންދުގައެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި މަރާމާތެއް ކުރަމުންދާ ކަމަށް ބުނެ އެވެ.

ނާޒިމް އަލުން ޖަލަށް ބަދަލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން މިގެންދަނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.