ސިޔާސީ ވާދަވެރިން ޖަލަށްލުމުން ރައްޔިތުންގެ ނަފްރަތު ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނެކަމަށާއި މިހާރު މި ފެންނަނީ ރައީސް ޔާމީންގެ ސަރުކާރު ނޭވާ ހޮޅިއަށްދާ މަންޒަރުކަމަށް ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ މަޖްލިސް މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
Siyaasee vaadhaverin jalah lumun rayyithunge nafrathu noon ehcheh nulibeyne! RY ge sarukaaru neyvaaholhiyah dhaamanzaru mifennanee! https://t.co/jgmw3EzJBH
— Abdulla Riyaz MP (@riyazabdulla) March 29, 2017
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ގޭ ބަންދުގައި ހުއްޓާ މިއަދު ހަވީރު އެސްއޯ ފުލުހުން ގޮސް ނާޒިމް އަނބުރާ ޖަލަށް ގެންދިޔަ ހަބަރު ޓްވީޓް ކުރައްވަމުން ރިޔާޒް ވިދާޅުވީ މިހާރު މި ފެންނަނީ ސަރުކާރު ނޭވާހޮޅިއަށްދާ މަންޒަރު ކަމަށެވެ.
ރިޔާޒް މިފަދައިން ޓްވީޓް ކުރައްވަމުން ގެންދަވާއިރު އެމަނަކުފާންވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުމަށްފަހު ފޯނު އަތުލުމަށްފަހު ދޫކޮށްލާފައެވެ. އަދި އޭގެ އަނެއް ދުވަހު ފުލުހަށް ހާޒިރުކޮށް އޭނާގެ މްއްޗަށް ދެ ތުހުމަތެއް ވަނީ ކޮށްފައެވެ.
ރިޔާޒުގެ މައްޗަށް ފުލުހުން ކުރާ އެއް ތުހުމަތަކީ "ރާއްޖޭގެ ހިންގުން މާފިއާ ގޭންގަކާ ހަވާލުކުރާކަށް ގަބޫލެެއް ނުކުރެވޭ" ކަމަށް އޭނާ ވިދާޅުވުމުން ކުރާ ތުހުމަތަކާއި، ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުއެވެ.
ރިޔާޒް ވިދާޅުވީ ޖަލަށް ލިޔަސް ހައްގު ބަސް ބުނާނެކަމަށެވެ.