Last Updated: April 19, 22:45
Friday, April 19, 2024
ސިޔާސީ

މާރިޔާ އާއި ވައްޑެއާ އެކު ގާސިމް ފުލުހަށް ހާޒިރުވެއްޖެ

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ވަކީލުންގެ ގޮތުގައި މާރިޔާ ދީދީ އާއި މުހައްމަދު އިބްރާހިމް ވަހީދު(ވައްޑެ)އާއެކު ފުލުހަށް ހާޒިިރުވެއްޖެއެވެ.

އެމްއެމްއޭ ކައިރިން ވަކީލުންނާއެކު ގާސިމް ހިންގަވާފައި ވަޑައިގެންނެވިއިރު އެސަރަހައްދުގައި އޭނާގެ ބައެއް ސަޕޯޓަރުންވެސް ވަނީ އެއްވެފައެވެ. ގާސިމް ވިދާޅުވެފައިވަނީ އޭނާ ހާޒިރުކުރުމަށް އަންގާފައިވާ ސަބަބު އަދި އޮޅުންފިލާފައެއް ނުވާ ކަމަށެވެ.

ނަމަވެސް އޭނާ ހުންނަވާނީ ސާބިތު ކަމުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމްގެ އިތުރުން ފުލުހުން ވަނީ ޖުމޫރީ ޕާޓީގެ ނައިބު ލީޑަރު، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒު މަގުމަތިން ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންގޮސް ފޯނު އަތުލާފައެވެ.

ނަމަވެސް ރިޔާޒް ވަނީ ދެގަޑިއިރު ފަހުން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.