Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޓީވީއެމުން ކާޓޫން ދެއްކުން ހުއްޓާލައިފި

ދައުލަތުގެ ޓީވީ، ޓީވީއެމް އިން އިސްލާމް ދީނުގެ ވަހުދިއްޔަތު ވަރުގަދަ ކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ފައްޓަވާދެއްވި "ތަރިކަ" ޕުރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކާޓޫނު ދެއްކުން ހުއްޓާލައިފިއެވެ.

ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕަބްލިކް ސާވިސް މީޑިޔާއިން ބުނެފައިވަނީ ބޭރު މީހުން ހަދައިގެން އުޅޭ ކާޓޫނުތައް ޓީވީއެމް އިން ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ފެއްޓެވި "ތަރިކަ" ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ދެން ޓީވީއެމްއިން ކާޓޫނުގެ ބަދަލުގައި ކުޑަ ކުދިންނަށް ދައްކާނީ ދީނީ އަދި ޤައުމީ ޕްރޮގްރާމްތައް ކަމަށްވެސް ޕީއެސްއެމް އިން ބުނެފައިވެއެވެ.

އަދި މިފަދަ އަގުހުރި ޕްރޮގްރާމްތައް އުފައްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޓީވީއެމްއިން މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ.