Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކުއްޖަކު އައިސޮލޭޝަން ވޯޑަށް ބަދަލު ކުރަން ފުލުހުން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި ފަރުވާދެމުން ގެންދިޔަ ކުއްޖަކު އައިސޮލޭޝަން ވޯޑަށް ބަދަލު ނުކުރެވިގެން ހޮސްޕިޓަލުން ފުލުހުންގެ އެހީތެރިކަން ހޯދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަކުދިންގެ ވޯޑްގައި ފަރުވާދެމުން ދިޔަ ކުއްޖަކު ރޭގެ ވަގުތެއްގައި އައިސޮލޭޝަން ވޯޑަށް ބަދަލުކުރުމަށް ހޮސްޕިޓަލުން ނިންމުމުން އެކަމަށް އެކުއްޖާގެ އާއިލާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ހޮސްޕިޓަލުން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ އެކުއްޖާގެ އާއިލާގެ މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވުމުންނެވެ.

ފުުލުހުން ހޮސްޕިޓަލަށް ގޮސް ގިނަ އިރުތަކެއް ވަންދެން އެކުއްޖާގެ އާއިލާ އާއި ވާހަކަ ދެއްކުމަށް ފަހު މިހާރު އެކުއްޖާ އައިސޮލޭޝަން ވޯޑަށް ވަނީ ބަދަލުކުރެވިފައެވެ.

ކުޑަކުއްޖާގެ އާއިލާގެ މީހަކު ބުނި ގޮތުގައި އައިސޮލޭޝަން ވޯޑަށް ބަދަލު ކުރުމަށް ދެކޮޅު ހެދީ އެއީ 'އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ" ތަނަކަށް ވާތީ ކަމަށެވެ.

"ހޫނު އަވަނަކަށް ތުއްތު ކުއްޖަކު ލާން ކާކުތޯ ބޭނުންވާނީ. އެހެންވެ ދެކޮޅު ހެދީ، އެތަނެކޭ ގުދަނެކޭ އެއްފަދަ"

މިކަމާއި ބެހޭގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.