Last Updated: April 25, 20:50
Thursday, April 25, 2024
މުނިފޫހިފިލުވުން

ސަލްމާންގެ އާއިލާ ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންގެ ދަރިފުޅު އާހިލް ޝަރްމާގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރުމަށް އެ އާއިލާގެ ގިނަ ބަޔަކު ރާއްޖެ އަތުވެއްޖެ އެވެ.

ސާޅީހަކަށް މެމްބަރުން ހިމެނޭ މި ޓީމް ތިބެނީ އަމިއްލަފުށި ރިސޯޓްގަ އެވެ.

އާއިލާގެ ގިނަ ބަޔަކު އިއްޔެ ހެނދުނު ރާއްޖެ އައިސް މޯލްޑިވިއަން ފްލައިޓެއްގެ ކައިރީގައި ނަގާފައިވާ ފޮޓޯއެއް އަރްޕިތާ ވަނީ އޭނާގެ އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އާހިލްގެ އުފަން ދުވަސް ފާހަގަ ކުރަން ސަލްމާން ރާއްޖެ އަންނާނީ މިއަދުގެ ވަގުތެއްގަ އެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ސަލްމާބް ރާއްޖެ އަންނަނީ ޖޯޖިއާގައި ފިލްމް "ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިންގައި އުޅުމަށް ފަހު އެވެ.

ސަލްމާނާ އެކު އޭނާގެ ކޮއްކޮ ސުހައިލް ހާން ވެސް ރާއްޖެ އަންނާނެ އެވެ.

Ahil's birthday crew ! #ahilturns1 @amillafushi

A post shared by Arpita Khan Sharma (@arpitakhansharma) on

އިއްޔެ ރާއްޖެ އައި ޓީމްގައި އަރްބާޒް ހާނާއި އޭނާގެ ކުރީގެ އަންހެނުން މަަލައިކާ އަރޯރާ އާއި ސަލްމާންގެ މަންމަ ސަލްމާ އާއި ދޮންމަންމަ ހެލެން އާއި ކޮއްކޮ އަލްވިރާ އާއި އޭނާގެ ފިރިމީހާ އަތުލް އަގްނިހޯތުރީ ހިމެނެ އެވެ.

މީގެ އިތުރުން ސަލްމާން މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ރޮމޭނިއާގެ ޓީވީ ހޯސްޓް އޫލިއާ ވަންތޫރު ވެސް މި ދަތުރުގައި ބައިވެރިވެ އެވެ.