Last Updated: April 20, 19:35
Saturday, April 20, 2024
ވިޔަފާރި

ކުނި އުފުލަން އައްޑު އަށް އާ ވެހިކަލް ގެނެސްފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން އައްޑޫގެ ގޭބިސީތަކުން ކުނިއުކާލުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ވެހިކަލްތައް އައްޑޫއަށް ގެނެސްފިއެވެ.

ފޭދޫ ބަނދަރަށް ވެމްކޯގެ ވެހިކަލްތައް ގެނައި ބާޖު ކައިރި ކުރި ޕީޕީއެމްއަށް ތާއީދު ކުރާ ބައެއް މީހުން ވަނީ އެ ސަރަހައްދަށް ގޮސް އުފާފާޅުކޮށްފައެވެ.

އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯ އާއި ރަސްމީގޮތުން ހަވާލުކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ވެމްކޯގެ ފަރާތުން އައްޑޫގައި ކުނި މެނޭޖް ކުރުމާއި ހަވާލުވިއިރު އެކުންފުނީގެ ފަރާތުން ގޭބިސީތަކާއި ވިޔަފާރި ކުރާ ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.