Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

ބީއެމްއެލްގެ އާ ބްރާންޗެއް ގަމުގައި ހުޅުވައިފި

އަހަރެންގެ ބޭންކް ކެމްޕެއިނުގެ ދަށުން ބެންކް އޮފް މޯލްޑިވްސް އިން މުޖުތަމައަށް ލާބައާއި ފައިދާހުރި ޚިދުމަތްތައް ފޯރުކޮށްދެމުންއަންނަ އިރު ބޭންކުން ވަނީ މިއަދު ލ. ގަމުގައި އާ ބްރާންޗެއް ހުޅުވާފައެވެ.

އޭޓީއެމް މެޝިނަކާ އެއްކޮށް ހުޅުވި މިބްރާންޗާއެކު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ލ އަތޮޅަށް ވަނީ އިތުރަށް ފުޅާ ވެގެން ގޮސްފައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ވަނީ އެއަތޮޅު ފޮނަދޫގައި އާ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްއެއްވެސް ހުޅުވާފައެވެ. ލ. އަތޮޅުގެ ރައްޔިތުންނަށް މިއަދު ހުޅުވުނު އާބްރާންޗާއި އާ ސެލްފް ސާވިސް އޭޓީއެމްގެ ފަރާތުން އިތުރު ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެއެވެ.

މިއަދު ހުޅުވުނު އާބްރާންޗާއެކު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ރާއްޖޭގެ 20 އަތޮޅުގައި 34 ބްރާންޗު މެދުވެރިކޮށް ފޯރުކޮށްދެމުންދާނެއެވެ. މީގެއިތުރުން 83 އޭޓީއެމާއި 4000 ޕީއޯއެސް މާޗަންޓުންނާއި 200 ކޭޝް އޭޖެންޓުންގެ އިތުރުން 24 ސެލްފް ސާވިސް ބޭންކިންގ ސެންޓަރާއި 5 ދޯނި ބޭންކިންގ ޔުނިޓުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ.