Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫ ކައުންސިލާއި ސީއެސްސީއާ ދެމެދު އެއްބަސްވުމެއް

މުވައްޒަފުންގެ ހުނަރާ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ސިވިލް ސާރވިސް ޓްރެއިނިން އިންސްޓިޓިއުޓާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައްޑޫ ސިޓީކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަބުދުﷲ ޞާދިގެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓާއި އަތޮޅުތަކުގެ ކައުންސިލުތަކާއެކު ވެފައިވާ މިފަދަ ފަހުމުނާމާތަކުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށް އެކި ތަމްރީން ޕްރޮގްރާމްތައް ހިންގައެވެ.

އެގޮތުން ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ކޯހަކާއި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން އަދި ސެޓްފިކެޓް 3 އިން އެކައުންޓިން އެންޑް ފައިނޭންޝިއަލް މެނޭޖްމެންޓް ކޯސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެކު އެކުލަވާލެވުނު އެއްބަސްވުމަކީ މުވައްޒަފުން ތަމްރީން ކުރުމާއި ގުޅޭގޮތުން ކައުންސިލްތަކާއި އެކު އެކުލަވާލެވުނު 14 ވަނަ އެއްބަސްވުމެވެ.