Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮތްވާ ފެނިއްޖެ

އެރިޔަދޫ އައިލެންޑް ރިސޯޓް: ފޮޓޯ-ސަނީ މޯލްޑިވްސް

އެރިޔަދޫ އައިލެންޑް ރިސޯޓު ކައިރިއަށް ސްނޯކެލިންގްއަށް ދިޔަ ފަތުރުވެރިޔެއްގެ ޚަބަރެއްނުވެގެން ހޯދަމުން ދަނިކޮށް ރިސޯޓު ކައިރި ވިލުތެރޭ އަޑީގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މަރުވެފައި އޮތްވާ ފެނުނު ފަތުރުވެރިޔާއަކީ 35 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އަޑީގައި އޮތްވާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ރިސޯޓުގެ މުވައްޒަފުންނަށެވެ.

ފަތުރުވެރިޔާ ގެއްލުނު މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިރުއޮއްސި 6:30 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މޫދަށް ފޭބީ މެންދުރުފަހު 2 ޖެހި ފަހުންނެވެ. މިފަހަކަށް އައިސް ރާއްޖެގައި މިފަދަ ހާދިސާ ހިނގުން މިވަނީ އިތުރުވެފައެވެ.