Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

"ގޭމް އޮފް ތްރޯންސް 7" ގެ ޓްރެއިލާ ދައްކާލައިފި

ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އެޗްބީއޯގެ ޓީވީ ސީރީސް، ގޭމް އޮފް ތްރޯންސްގެ 7 ވަނަ ސީޒަނުގެ ޓްރެއިލާ ދައްކާލައިފިއެވެ.
https://twitter.com/GameOfThrones/status/847599350461091840
ޓްރެއިލާގައި ފެނިގެން ދަނީ ޝޯގެ އެންމެ ބާރުގަދަ ތިން ކެރެކްޓަރުން ކަމަށްވާ ޖޮން ސްނޯ، ޑެނޭރީސް ޓާގޭރިއަން އަދި ސާސޭ ލެނިސްޓާ ތިން މީހުންގެ ތަޚުތުގައި އިށީންނަ ތަނެވެ.

ކުރިއަށް އޮތް ސީޒަނުގައި ވަރުގަދަ ހަނގުރާމަތަކެއް ފެނިގެންދާނެ ކަމަށް ބެލެވޭ އިރު ޑެނޭރީސް ވަނީ މައި ސިޓީ، ކިންގްސް ލޭންޑިންގއާއި ދިމާލަށް ސާސޭގެ ކޮއްކޮ، ޓީރިއަންއާއި ޑްރެގަންތަކާއެކު މިސްރާބު ޖަހާފައެވެ.

ފިނި މޫސުން ވެރިވެފައިވާއިރު ޖޮން ސްނޯ ވަނީ ރޭގަނޑުގެ އަދުއްވުން، "ދަ ވައިޓް ވޯކާސް" އާއި ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ.