Last Updated: April 25, 08:57
Thursday, April 25, 2024
ސިޔާސީ

ސަރުކާރުގެ ބައެއް ވެރިން ފުލުހުން ލައްވާ ޖަރީމާ ހިންގުވާ، އެއީ ގޮންޖެހުމެއް: ރިޔާޒު

ސަރުކާރުގެ ބައެއް އިސްވެރިން ފުލުހުންގެ މަދު ބަޔަކު ލައްވާ ޖަރީމާ ހިންގުމަކީ ގައުމީ ފުލުހުންނަށް އޮތް ގޮންޖެހުމެއް ކަމަށް ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ 84 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ކުރިން ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ފުލުހުންނާއި ކުރިމަތިލުމަށް ގޮވާލުމަކީ ފުލުހުންނަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފުލުހުންގެ މުވައްސަސާ ހަރުދަނާ ކުރެއްވުމަށް ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަބްދުﷲ ރިޔާޒު ވިދާޅުވީ ފުލުހުން މެދުވެރިކޮށް ޖަރީމާ ހިންގުވާކަމަށެވެ.

ފުލުހުން މެދުވެރިކޮށް ސަރުކާރުން ބޮޑެތި ޖަރީމާތައް ހިންގުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެ ކުރިން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަޝީދު އެފަދައިން ތުހުމަތު ކުރެއްވީ މާލޭ މަޖީދީ މަގުގައި ހުރި ފެންފޯއް ރުއްތަކެއް ކަނޑާލި މައްސަލަ ފުލުހުންނާއި ގުޅުވައިގެންނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ

"އަޅުގަނޑުމެން މިއަދުގެ ފުލުހުން ނުވަތަ އިއްޔެ ފުލުހުން އެކި ގޮތްގޮތުން އެ ބޭފުޅުން ހިދުމަތްކޮށްފައިވާ، އެ ބޭފުޅުންގެ ވެރިން، ޔުނިފޯމްގެ އެންމެ އިސް ބޭފުޅުން ކަމަށްވި ނަމަވެސް ރިޓަޔާ ކުރައްވާފައިވާ ކޮމިޝަނަރުން ކަމަށް ވިޔަސް އަދި އެއަށް ވުރެ މަތީ މަގާމުތަކުގައި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ ބޭފުޅުންގެ ހިދުމަތް ދެއްވާފައިވާ ބޭފުޅުން ކަމުގައިވީ ނަމަވެސް ފުލުހުންނަށް މިއަދު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ މި ދެންނެވި ފަންތީގެ ބޭފުޅުން ފަރާތުން ޕޮލިސް ފޯސްއާ ކުރިމަތިލާން ގޮވާލާ ގޮވާލުމާއި ޕޮލިސް ފޯސް އަށް އިހުމާލުވެ، ނޫނީ ޕޮލިސް ފޯސް އަށް ކަމޭނުހިތޭ ގޮތަށް ގޮވައިލާ ގޮވާލުންތައް،"