Last Updated: March 28, 21:55
Thursday, March 28, 2024
ސިޔާސީ

މައުމޫންގެ ޕީޕީއެމް އޮފީހުގެ ނަން ބޯޑާއި ދިދަ ގެންގޮސްފި

ޕީޕީއެމްގެ އިންތިހާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ހ. ތެމާގައި ހިންގަވަމުން ގެންދިޔަ ޕީޕީއެމްގެ އޮފީހުގައި ޖަހާފައިވާ ނަންބޯޑާއި އެތަނުގައި ހުރި ޕީޕީއެމް ދިދަ ނަގައި އެތަނުގައި މައުމޫންއަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގާނަމަ އެކަން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވަނީ ހ. ތެމާ ގައި ހަރުކޮށްފައި ހުރި ޕީޕީއެމްގެ ނަންބޯޑާއި ލޯގޯ އަދި އެތަނުގައި ނަގާފައި ހުރި ދިދަ ގެންގޮސްފައެވެ.

ސިވިލް ކޯޓުން ރޭ ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރައްވާފައި ވަނިކޮށް އެ ހުކުމާއި ހިލާފަށް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރައްވައިގެން އެއްވެސް ހަރަކާތެއް ހިންގަވާނަމަ އެކަމެއް ހުއްޓުވައި ހ. ތެމާގައި ހުރި ދިވެހި ދިދަ ނެގުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.

ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވާ އިރު ލޯޔަރ ވައްޑެ މިހާރު ދަނީ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް އަންނަނީ…